ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސޫމުގެ ވިއްސާރައިގެ ބާރުގަދަވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ މާލެއަތޮޅާއް ހައްދުންމައްޗާ ދެމެދުގެ އަތޮޅުތަކަށެވެ. ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ އެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވެ އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު 4:45 އަށެވެ.
ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސޫމުގެ ވިއްސާރައިގެ ބާރުގަދަވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ މާލެއަތޮޅާއް ހައްދުންމައްޗާ ދެމެދުގެ އަތޮޅުތަކަށެވެ. ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ އެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވެ އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު 4:45 އަށެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަކަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކުގައި ގަޑިއަކު 07 މޭލާއި 17 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް މެޓުއޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓުން ވިދާޅުވެފައިވެއެވެ.
"ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް އުތުރާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދިދަންނަވަން" މެޓު އޮފީހުން ވިދާޅުވެފައިވެއެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.