އައްޑުއާއި ފުވައްމުލަކަށް ހުދު އެލާޓް ނެރެފި

އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑުއާއި ފުވައްމުލަކަށް މިއަދު ހުދު އެލާޓް ނެރެފިއެވެ.

މެޓުން އޮފީހުން އެ ދެ ސިޓީއަށް ހުދު އެލާޓް ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އެ ދެ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާ ގަޑިއަކީ ހެނދުނު 9:30 އާއި މެންދުރުފަހު 14:30 އާ ދެމެދުއެވެ.

މި ދެސީޓިއަށް ހުދު އެލާޓު ނެރުނަސް ރާއްޖޭގެ އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

މެދުތެރޭގެ އަތޮޅު ތަކަށް ވައިޖެހެނީ އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު  05  މޭލާއި 13  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް  30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.