ބޭނުންވާނެ ބާވަތްތައް:
4 ކުކުޅު ބިސް
5 ½ މޭޒުމަތި ސަމުސާ ހަކުރު
1 4/8 ޖޯޑު ޔޯގަޓު
2 މޭޒުމަތީ ސަމުސަ ޒުވާރި ފުށް
1 ސައިސަމުސާ ކަމީރު (ޔީސްޓު) ނުވަތަ ބޭކިން ޕައުޑަރު
ލުނބޯ ތޮށިކޮޅެއް
ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
170 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ.
ބިހުގެ ހުދު ބަޔާއި ގޮބޮޅީ ވަކިކޮސް ދެ ތަށްޓަށް އަޅާށެވެ. ގޮބޮޅި އަޅާފައި ހުރި ތަށްޓަށް ހަކުރ އެއްކުރުމަށްފަހު ހަކުރު ވިރި ބިހާއި ހަކުރު އެކުވެ މަޑުމަޑު ރީނދޫކުލައެއް އަރަންދެން ގިރާށެވެ.
ދެން އޭގެ ތެރެއަށް ޔޯގަޓާއި ލުނބޯ ތޮށި އެއްކޮސް ރަނގަޅަށް ގިރާށެވެ. އެއަށްފަހު ވެނީލާ އެސެންސާއި ބޭކިން ޕައުޑަރާއި ޒުވާރިފުށް އެއްކުރާށެވެ. ހުރިހާ ބާވަތެއް އެކުވުމުން މިކްސަރަކުން ބިހުގެ ހުދު ބައި ގިރާށެވެ. އަދި މިކްސަރު ތަށިން ނެގުމުން ބިހުގު ފޮނު އފުލިފައި ހުންނަވަރަށް ގިރުމުން ދޭފަތަކުން ޔޯގަޓު ފުށްގަނޑާ އެއްކުރާށެވެ. މާ ގިނައިރު އެއްކުރުން ރަނގަޅެއް ނޫނެވެ.
ދެން ޓްރޭއަކަށް ހުސްކުރުމަށްފަހު އަވަނަށް ލައިގެން ބައިގަޑިއިރު ވަންދެން ފިހެލާށެވެ.
ކޭކު ފިހެވުމުން އަވަނުން ނުނަގައި، ހިހޫ ކުރަން އަވަނުގައި ބަހައްޓާށެވެ. އަވަނުން ނަގަންވާނީ ރަނގަޅަށް ހިހޫވުމުންނެވެ.
އަވަނުން ނެގުމަށްފަހު ޓްރޭ އިން ނަގާއިރު ވަރަށް ފަރުވާތެރި ވާށެވެ. އެހެން ނޫނީ ކޭކު ފުނޑުވެދާނެއެވެ.
ޓްރޭއިން ނަގައި، ތަށްޓަކަށް ކޭކު ލުމަށްފަހު މައްޗަށް އައިސިން ކޮޅެއް ފުރާނާލާށެވެ. އައިސިން އާ ނުލައިވެސް މީރުވާނެއެވެ.
Yoghurt alhan v kihaa varakah tho?