ގ. އައްބާސާ ގޭގެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ގަލޮޅު، އައްބާސާ ގޭގެ ތިރީ ބުރީގެ ކޮޓަރިއެއްގައި މިރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. "އެކަމަކު އެ ހާދިސާގައި އެގޭ ކޮޓަރިވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި،" އެމްއެންޑީއެފްގެ ތަރުޖަމާނު ކެމްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:13 ގައި ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޓީމް ވަނީ އެގެއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ރޯވެފައިވާ އަލިފާން ކޮންޓްރޯލް ވެފައިވަނީ 19:44 ގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ޓީމެއް މިހާރުވެސް އެގޭގައު ހަރަކާތްތެރިވަމުން އެބަދެއެވެ.

މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.