ފަޅުރަށެއްގައި ރޯވެ ގަސްގަހާގެއްސަށް ގެއްލުން ވެއްޖެ

އެރިއަދޫގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި: ފޮޓޯތައް ޕޮލިސް

އދ. ގެ ފަޅުރަށެއް ކަމަށްވާ އެރިއަދޫގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ރަށުތެރެއަށް ފެތުރިގެން ހިންގައްޖެއެވެ.

މިޙާދިސާ ހިނގި ކަމުގެ މަޢޫލޫމާތު ފުލުހުންށް ލިބިފައިވަނީ މިއަދު މެންދުރުން އަނބުރައި 2:14 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަލިފާން ނިއްވާ ލުމަށްޓަކައި ފުލުހުންނާއި މާމިގިލީ އެއާޕޯޓުންނާއި، ކައިރި ބައެއް ރިސޯޓުތަކުން ވަނީ މަސައްކަތް ފަށައިފައެވެ.

އެންމެންގެ މަސައްކަތުން އަލިފާންގަނޑު މިހާރުވަނީ އެއްކޮށް ނިއްވާލެވިފައެވެ. ފުލުހުން ވިދާޅުވީ އެރަށުގެ ވަރަށްބޮޑު ބައެއްގައި ރޯވި ކަމަށެވެ. އަދި ވަރަށްގިނަ ގަސްގަހާގެއްސަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރު ގެންދަވަނީ އަލިފާން ރޯވި ސަރަޙައްދު ބަލަމުންނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުންދަނީ މިކަން ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.