ބޭނުންވާނެ ތަކެތި:
½3 ޖޯޑު ފުށް ½1 މޭޒުމަތީ ސަމުސާ ޔީސްޓް
¼ މޭޒުމަތީ ސަމުސާ ލޮނު ½- ¾ ޖޯޑު ކިރު (ހޫނު)
½1 މާޖިރީން އައިސިން ޝުގަރ (ބޭރުގައި އުނގުޅުމަށް)
3 މޭޒުމަތީ ސަމުސާ ހަކުރު ތެޔޮ
1 ބިސް
ތައްޔާރު ކުރާނެ ގޮތް:
ލޮނާއި މާޖިރިން ފުށާ އެއްކުރާށެވެ. ކަމީރަށް ތައްޔާރު ކުރުމަށް ½ ސައިސަމުސާ ވަރު ހަކުރު ކޮޅެއް ނަގާފައި، ބާކީ ހުރި ހަކުރު ފުށާ އެއްކުރާށެވެ. ކިރާއި ބިސް ޔީސްޓުގެ ތެރެއަށް އަޅުމަށްފަހު ފުށުގެ ތެރެއަށް އަޅާށެވެ. ރަނގަޅަށ ފުށްގަޑު މޮޑޭށެވެ. ފުށްގަނޑު ދެގުނައަށް ބޮޑުވަންދެން ބާއްވާށެވެ. އެއަށްފަހު ބޯމިނުގައި ½ އިންޗި ހުންނަވަރަށް ދަމާލާށެވެ. ½2 އިންޗި ކަޓަރ އަކުން ނުވަތަ ކުޑަ ބިއްލޫރި ތަށްޓަކުން ކަފާށެވެ. އަދި އެތެރޭ ރިންގު ½1 ކަޓަރަކުން ކަފާށެވެ. ކަފާ ނިމުނީމާ ތެޔޮކޮޅު ހޫނުކޮށްފައި ތެލުލާށެވެ. އަދި ތެޔޮ ހިއްކުމަށްފަހު ބޭރުގައި އައިސިން ޝުގަރ އުނގުޅާށެވެ. އަައިސިން ޝުގަރގެ ބަދަލުގައި މުގުރާފައި ހުރި ހަކުރު ވެސް ބޭނުންކުރެވިދާނެއެވެ. ހަކުރުގެ ތެރެއަށް ފޮނިތޮށި ޕައުޑަރު ކޮޅެއްވެސް ލެވިދާނެއެއވެ.
ތައްޔާރުކުރެވިދާނެ އެހެން ގޮތެއް:
ފުށްގަނޑުން 12 ފުށް ގުޅަ ހަދާށެވެ. ކޮންމެ ފުށް ގުޅައެއްގެ ތެރެއަށް ޗެރީއެއް ނުވަތަ ޗޮކްލެޓް ކްރީމް ނުވަތަ ޖޭމް ކޮޅެއް ލުމަށްފަހު ވަށްކޮށް ރޯލްކޮށްލާށެވެ. އިރުކޮޅަކު ބޭއްވުމަށް ފަހު ތެލުލައި ބޭރުގައި އައިސިން ޝުގަރ ނުވަތަ ހަކުރު އުނގުޅާށެވެ.
މި ރެސިޕީ އިން 14 ނުވަތަ 16 ޑޯނަޓް ތައްޔާރު ކުރެވޭނެއެވެ.