ގަމަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

އަށް މީހުންނާއެކު މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް ފަރަކަށް އަރައިފިއެވެ.

އެބޯޓު އަރައިފައިވަނީ މ.މުލަކު ފަރަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓަށް އެހީވުމަށް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ގެންދަވަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 19:50 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުންނެވެ. އެއިން ދަތުރު ކުރި 8 މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 3 ބިދޭސީންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.