ކޮންމެ ވެރިއަކުވެސް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން: ރައީސް

ކޮންމެ ވެރިޔަކުވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ޞުލްހަވެރިކަމާއެކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ އިތުރަށް އަމާން ކަމާއި ސުލްހަ ގާއިމް ކުރުމަކީވެސް ވެރިން ވެރިކަމަށް ވަޑައިގެންނެވުމުގެ ބޭނުންފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާނިވާ ސަރަޙައްދުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިހުރިކަންކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި އިތުރު ދައުރަކަށް ޚިދުމަތް ކޮށްދެއްވުމުގެ ފުރުޞަތު ބޭނުންފުޅުވާ ކަމަށެވެ.

އޭގެ އިތުރަށް އަމާންކަން ޤާއިމު ކުރުމާއި، ށްކަމަށާއި، މި އަސާސީ ބިންގާ ނެތިގެން ހިނގައްޖެނަމަ އަދި، އެ ވެރިއަކަށް މި ބިންގާ އިޢާދަ ނުކުރެވިއްޖެ ހިނދެއްގައި ޤާއިމުވެފައިވާ ތަރުތީބެއްގެ ދަށުން ރައްޔިތުން ބަދަލަކަށް އެދޭނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނަކީ އުޞޫލްތަކާއި، ތަރުތީބުތަކާއި އިންތިޒާމްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ދީނެއް ކަމަށާއި، އިސްލާމް ދީނުގައި ޑިމޮކްރަސީގެ ވާހަކަ އައިސްފައިވާކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ބަސްކިޔާނީ ރައްޔިތުންކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުދެއްވާނެ ކެންޑިޑޭޓެއް ނިންމަވާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތަކުގެ މައްޗަށް ވެސް އެމަނިކުފާނުވަނީ ވާހަކަ ދައްފުޅު ދައްކަވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި 4 އަހަރާއި 6 މަސް ދުވަހުގެ ވެރިކަމުގައި ދިވެހިންގެ ހިތްތައް އުއްމީދުން ފުރާލައިފިކަމަށާއި، ދިވެހި ޤައުމަކީ ކުރިޔަށް ދާން ބޭނުންވާބަޔަކު ދިރިއުޅޭ ތަނަކަށް ހަދައިފިކަމުގައެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކީވެސް ނިޒާމުތަކަށް ތަބާވާންޖެހޭ މީހެއް ކަމަށާއި އެންމެންނަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ބައެއްކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ތަރައްގީއަށް މަސައްކަތް ކުރައްވަމުން ކަމާއި އޭގެ ސަބަބުން ރާއްޖޭގެ މަލަމަތި ބަދަލުވެއްޖެކަމަށާއި، މީހުންގެ ވިސްނުމާ ފިކުރު ބަދަލުވެ ދިރިއުޅުމާމެދު ކުރާ އުއްމީދު އިތުރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.