ރައީސް ޔާމީންގެ މައްޗަށް ހިންގާ ތަޙުޤީޤު އިންސާފުވެރިވާނެ ކަމަށް އުންމީދު ކުރަން: އަމީތު

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ހިންގާ ތަޙުޤީޤު އިންސާފުވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އުންމީދަކީ ޔާމީންގެ މައްޗަށް މި ހިންގޭ ތަޙުޤީޤު އިންސާފުވެރިވުން. ބޭ އިންސާފު އެއްވެސް ވަރަކަށް ނެތުން،" ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ބަޔަކަށް ވަނީ ލާއިންސާނީ އަނިޔާ ދެއްވައިފައި ކަމަށެވެ. އަދި ތަޙުޤީޤުތަކާއި ޝަރީޢަތްތައް ހިންގާފައިވަނީ އެއްވެސް ހަމައެއް ލަމައެއްނެތި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ "ހިތްދަތިކަން އެތައްބަޔަކު ތަޙައްމަލްކުރި،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވަނީ އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ޗިޓު ފޮނުވައިފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ފުލުހުން ނެރެފައިވާ ކުރު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.