ޑެންގޫއަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި

މިދުވަސްވަރަކީ މާލެއާއި ރަށްރަށުގައި ޑެންގޫ ހުން ފެތެރެމުންދާ ދުވަސްވަރަކަށްވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިލްތިމާސް ކުރައްވައިފިއެވެ.

އެޗުޕީއޭއިން ވިދާޅުވެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޑެންގޫ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވީމާ އެ ބަލި ޖައްސާ މަދިރިން ރައްކާތެރިވެ ތިބުމަށް އެތަނުންވަނީ އިލްތިމާސް ކުރައްވައިފިއެވެ.

މަދިރިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވައިކުރަންޖެހެއެވެ. އެކަމަށްޓަކައި މަދިރިގެ ބޭނުންކުރުން، މަދިރި ވަދެފާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މަދިރިން ސަލާމަތްވުމަށްޓަކައި ގޯތިތެރޭގައި ހުންނަ ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނައްތާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.