މަސްދޯންޏެއްގައި އޮތް ބަލި މީހަކަށް ފަރުވާ ދިނުމަށް ތިނަދުއަށް ގެންގޮސްފި

ހުވަދުއަތޮޅު ދެކުނުބުރީ ކާޑެއްދޫ އާ 48 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ސީކިންގް" ނަމަކަށް ކިޔާ ދޯނީގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްފިއެވެ.

އުމަރުން 21 އަހަރުގެ ޒުވާނާ ގދ. ތިނަދޫއަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ ހޮޑާއެކު ލޭ އަންނާތީ އިތުރު ފަރުވާއަށް އަށެވެ. އޭނާ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ދޯނީގެ ކެޕްޓަން އެމްއެންޑީއެފްގައި އެދުމުންނެވެ.

މި ބަލި މީހާ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްފައިވަނީ މިރޭ 19:15 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.