ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީތެރިވެދީފި

ފޮޓޯ: އެމްއެންޑީއެފް

ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީތެރިވެދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ފުރާގު" ނަމަކަށް ކިޔާ ބޯޓުގައި ހުރި މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެއީ އެ ބޯޓުގައި ހުރި އުމުރުން 24 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ޞިއްޙީ ހާލު ދެރަވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 18:10 ގައި  ކަމަށާއި މައުލޫމާތު ލިބުމާއެކު ދޯނި އޮތް ސަރަޙައްދަށް ސީ އެމްބިއުލާންސްގައި ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު "ސީ އެމްބިއުލާންސް 016" ގައި މި އަންހެން މީހާ ރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.