ހިތަދޫ ސްކޫލުގެ 60 ދަރިވަރަކަށް ލީޑަރޝިޕް ހުނަރު ދަސްކޮށްދީފި

އައްޑޫސިޓީ ހިތަދޫ ސްކޫލުގެ 60 ދަރިވަރަކަށް ލީޑަރޝިޕްގެ ހުނަރު ދަސްކޮށްދނުމުގެ ދެދުވަހުގެ ޕްރޯގްރާނެއް އެސްކޫލުގައި ބާއްވައިފިއެވެ.

ހުކުރު، ހޮނިހިރު މި ދެދުވަހު މިޕްރޮގްރާމް ބާއްވާފައިވަނީ "ޓީމްބިލްޑީން އެންޑް ކޮމްޕެޓިޓިވް ސްޕިރިޓް އެންހޭންސްމެންޓް" ގެ ނަމުގައެވެ. މިއީ ހިތަދޫ ސްކޫލާއި ސަދަންއޭރިއާގެ ސިފައިން ގުޅިގެން ހިންގި ހަރަކާތެކެވެ.

މ ޕްރޮގްރާމަކީ ސިފައިން އަލަށް ފަށައިވާ ޕްރޮގްރާމެއްގެ ތެރެއިން ސްކޫލެއްގައި މި ހަރަލާތް ބޭއްވި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ އެސްކޫލުގެ ގްރޭޑް 7، 8، 9 ގެ ދަރިވަރުންނެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރުވަނީ އެސްކޫލުގައި ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެޕްރޮގްރާމް ޝަރަފުއްދީންގައިވެސް ބާއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައިވަނީ ޕްރޮގްރާމުގެ އެންމެމޮޅު ދެޓީމަށާއި އެންމެ މޮޅު 6 ދަރިވަރުންނަށް ހަނދާނީ ލިޔުން ދެއްވައިފައެވެ.

ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވ ސަދަންއޭރިއާގެ އެކްޓިން ކޮމާންޑަރު މޭޖަރ އަބްދުލް މުހުސިނާއި، ޑރ. އަދީލާއި، ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.