މަސް ހިފަން ދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ގދ. މަޑަވެލިން މަސްހިފަންދިޔަ މީހާ މަރުވެފައި އޮއްވައި ދާދި ދެންމެއަކު ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ މަސް ހިފަން ފޭބި ދިމާ މޫދުވިނަގަނޑުމަތީން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ މަޑަވެލީ ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ.

މަޑަވެލީ ގަމަރީ، މުޙައްމަދު ސަޢީދު (މުޙައްމައިދީ) މަސް ހިފަން ދިޔައީ ނޮވެމްބަރު 26 ވަނަ ދުވަހު މެންދުރު 1:30 އެހައިކަންހާއިރު އެވެ. އޭނާ މަސް ހިފަންދިޔާއި މަޑަވެއްޔާއި ހޯޑެއްދުއާ ދެމެދު ފަރުދަށަށެވެ. އެހެންނަމަވެސް އެއީ އޭނާ ޢާއްމުކޮށް މަސް ހިފަންދާ ސަރަޙައްދެއް ނޫންނެވެ. މަސް ހިފައިން އާއްމުކޮށް އޭނާދަނީ ރަށާ ވަރަށް ކައިރިއަށް ކަމަށްވެއެވެ.

އޭނާ ހޯދަން ފަށައިފައިވަނީ ރޭގަނޑު އަށެއްޖެހިރުވެސް ގެއަށް ނައިސްގެން ފުލުހުންނަށް އެކަން ހުށަހަޅައިގެން ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. އޭނާ ހޯދުމަށް ފުލުހުންނާއި މަޑަވެލީ މީހުންނާއި ކައުންސިލުންނާއި، އެމްއެންޑީއެފުން ޙަރަކާތްތެރިވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.