މަޖިލިސް ތެރެއިން ވެސް ވެރިކަން ވައްޓައެއް ނުލެވޭނެ: ޖޭޔޫ

ވެރިކަން ވައްޓާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ބުންޏަސް އެކަމެއް ނުވާނެ ކަމަށް ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ގާނޫނީ އިމުން ބޭރުން ވެރިކަން ވައްޓާލަން އިދިކޮޅުން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައި ކަމަށެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނޫގެ ތެރެއިން ވެރިކަން ވައްޓާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީސް ތެރެއިން ވެރިކަން ނިންމައެއް ނުލެވޭނެ. އެއަށްވުރެ މާބޮޑަށްވެސް ބަދަހިކޮށް ޕީޕީއެމްގެ އާންމު މެންބަރުންނާއި މަޖިލީސް މެންބަރުން ތިބީ. ޕީޕީއެމްގެ މެންބަރުންނެއް ނުގެއްލޭނެ،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ވައްޓާލަން ނުކުންނާނެ ބަޔަކު ނެތްކަމަށެވެ. "ރައީސް ޔާމީން ވެރިކަމުން ވައްޓާލަން ނުކުންނާނެ ބަޔަކު ނެތް. އެހެންވީމާ އެއީ އިދިކޮޅު މީހުންނަށް ވާނެ ކަމެއްނޫން،" ޖަމީލް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުކުންނާނީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމުން ވައްޓާލައި އިލެކްޝަންސް ކޮމިޝަން ވެސް މިނިވަން ކުރުމަށްފަހު ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނިކޮށްނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.