އަބްދުﷲ ރިޔާޒުގެ ފަރާތުން އެޗުއާރުސީއެމްއަށް ސިޓީއެއް

މާފުށީ ޖަލުގައި މިހާރު ބަންދުކޮށްފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މިހާރުގެ އެމްޕީ އަބްދުﷲ ރިޔާޒަށް ސިއްހީ ފަރުވާ ފުރިހަމައަށް ލިބެމުން ނުދާތީ އޭނާގެ ފަރާތުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.

އޭނާގެ ބޭބޭ އަހުމަދު ރިޔާޒު ބުނީ އެސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ އަބްދުﷲ ރިޔާޒުގެ ކަންބޮޑުވުންތައް ކަމަށެވެ. އޭގެ ތެރޭގައި ރަނގަޅަށް ބޭސް ފަރުވާކުރާނެ ފުރުސަތު ނުލިބުމާއި، އާއިލީ ބައްދަލުވުންތަކާއި، ވަކީލު ބައްދަލުވުންތައް ނުލިބުންފަދަ އެތައް ކަމެކެވެ. އަދި އެޗުއާރުސީއެމްގެ ބޭފުޅުން ޖަލަށް ވަޑައިގެން ޖަލުގެ ކަންކަން ބެއްލެވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އަހުމަދު ރިޔާޒު ބުނެފައިވަނީ ޖަލުގައި އަބްދުﷲ ރިޔާޒަށް ލިބެންވާ ހައްގުތައް ފުރިހަމައަށް ނުލިބެނީ ހޯމްމިނިސްޓަރު އަޒުލީންގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަބްދުﷲ ރިޔާޒުގެ ފައިގެ ބޮޑުވާ އިނގިއްޔަށް މައްސަލައެއް ދިމާވެގެން ޚާއްސަ ޑޮކްޓަރަކަށް ދައްކަން މާފުށީ ޖަލުގެ ޑޮކްޓަރުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް އެކަން ނުވާތީ އެކަމާ އަބްދުﷲ ރިޔާޒުވަނީ ވަރަށް ކަންބޮޑުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.