މަޅުމަތި: ބޮންދުން

މި ބައިގަނޑާ ހެދި ހަަމަ ނޭވައެއް ލެވޭނޭ ގޮތެއް ނެތެވެ.

މުޅި ރަށް، ގޮނޑަކަށް ހަދައިފިއެވެ.

ވައްކަން ކުރަނީއެވެ.

ފޭރެނީއެވެ.

އަނބިން ޖަހައިގަންނަނީއެވެ.

އަހަރެން އަހައިފީމެވެ.

ކޮން ބައެއް ހެއްޔެވެ؟

އޭނާ ބުންޏެވެ.

މިއުޅޭ ބޮންދުންނެވެ.

މި ހުރިހައި އެންމެން ގައުމުން ބޭރު ކުރަން ވީއެވެ.

ރަށް ސާފު ތާހިރުކޮށް އަމާންކޮށް އޮންނާނީ އޭރުންނެވެ.

ކުއްލިއަކަށް ފޯނު ރަނގަބީލު ވާން ފަށައިފިއެވެ.

އޭނާ ފޯނު ނަގައިފިއެވެ.

ބުންޏެވެ.

ވިސާގެ ކަންތައް މާދަމާ ހަމަ ޖައްސަން ވާނެއެވެ.

އެހެންނޫނީ އިމިގްރޭޝަނުން އޭނާ ފުރުވައިލާނެއެވެ.

އެހެން ވިޔަ ދީގެން ނުވާނެއެވެ.

އެހެން ހަދައިފިއްޔާ މިގެ ފޮޅައި ސާފު ކުރަން ޖެހޭނީ އަހަރެން އަމިއްލައަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.