ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

ހިރިމަރަދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ  މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހިރިމަރަދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވި އެވެ.

365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ.

ޖުމްލަ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް ތިންސަތޭކަ ނުވަދިހަ އަށެއް ޕޮއިންޓް ނުވައެއް ފަހެއް ) ރުފިޔާގެ މި މަޝްރޫޢުއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.