ރޯދަ މަޖާ: ރޯދަ ހިފުން

ރޯދަ ހިފުން

އަޙްމަދު: ކަލޭ މި ރޯދަ މަހު ރޯދަ ހިފަންތަ؟

އިބްރާހީމް: ނުހިފަން.

އަޙްމަދު: ނަމާދު ކުރަންތަ؟

އިބްރާހީމް: ބައެއް ނަމާދު ކުރަން.

އަޙްމަދު: ރޯދަ ވީއެްލަންތަ؟

އިބްރާހީމް: ޔަގީނެއްނު. ސައްތައިން ސައްތަ ކާފަރަކަށް ވާކަށް ނުވާނެއެއްނު؟

ހިތާމަ

ފިރިމީހާ ހުކުރަށް ގޮސްފައި އައިސް ވަރަށް އުފަލުން އަނބިމީހާ އުރާލައިފިއެވެ. މިކަމާ ހައިރާން ވެގެން އަނބިމީހާ އަހައިލިއެވެ. "މިއަދު އަނެއްކާ ކިހިނެއްވީ؟ ހުކުރު ޚުޠުބާ އޮތީ ލޯބީގެ މައްޗަށްތަ؟"

ފިރިމީހާ ބުންޏެވެ. "ނޫނޭ. ޚުޠުބާގައި ބުނީ މި ދުނިޔެމަތީގައި އެ މީހެއްގެ ހިތާމަ އުފުލާ މީހަކަށް ގިޔާމަތް ދުވަހުން ދަރުމަ ލިބޭނެއޭ."

ދެ ލޮލުގެ ބޭނުން

މައިދައިތަ: ﷲ ކަލެއަށް ތިޔަހަރީ ދެ ލޯ ދެއްވާފައި. އެކަމަކު ހަނޑޫ ހޮވާއިރު އޭގައި އޮންނަ ދެތިން ހިލަ ކަލެއަކަށް ނުނެގޭ. މިހާރު އަހަރެންގެ އަނގައިގައި ދެ ހިލަ ޖެހިއްޖެ.

ޅީދަރި: މާތް ﷲ މަންމައަށް ބައްތިރީސް ދަތް ދެއްވީމާވެސް ދެތިން ހިލަ ހަފައެއް ނުލެވުނެއްނު؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.