ރޯދަމަޖާ: ހިކިމީހާ

ހިކި މީހާ

އެއް ދުވަހަކު ވަރަށް ފަލަ މީހަކު ހިނގާފައި ދަނިކޮށް ހިކި ދަނޑިއެއްހެން ހުރި މީހަކާ ދިމާވެއްޖެ އެވެ. ފަލަ މީހާގެ ހިތަށް އެރިއެވެ. މި މީހާޔާ ވާނީ ދިމާކޮށްލާށެވެ. މިހެން ހިތައި އެ މީހާޔާ އަރައި ހަމަވެފައި ބުނެލިއެވެ.

"ވައި ބާރު ގަޑި ގަޑީގައި ބޭރަށް ނުކުމެ އުޅޭކަށް ނުވާނެ- ވަޔާ އެއްލާލައިފިއްޔާ ހަދާނީ ކިހިނެއް-?؟ ބޭރުން މި ރަށަށް އަރާ މީހަކަށް ކަލޭ ފެނިއްޖެއްޔާ މި ރަށު މީހުން ތިބެނީ ނުކައި ނުބޮޔޭ އެ މީހަކު ބުނާނެއެއްނު-?؟"

ހިކިމީހާ ބުނެލިއެވެ.

"ތިޔައީ ތެދެއް- އެ މީހަކަށް ކަލޭ ފެނިއްޖެއްޔާ މި ރަށު މީހުން ނުކައި ނުބޮއި ތިބޭ ސަބަބުވެސް އެނގިދާނެ-"

ރީތި ޑިޒައިން

ރީތި ޑިޒައިން ސުއިޓަރު ވިޔަން ވަރަށް ޝައުޤުވެރިވާ އަންހެން ކުއްޖެއް އޭނާގެ ޗައިނާގެ ރައްޓެއްސަކާއެކު ޗައެނީސް ރެސްޓޫރެންޓަކަށް ހިނގައްޖެއެވެ. އެތާނގައި ތިބިއިރު މޭޒުމަތިގައި އޮތް މެނޫ ކާޑަކަށް ބަލާލައިފިއެވެ. އޭގެ ތިރީގައި ވަރަށް ރީތި ޑިޒައިނެއް ހުއްޓާ ފެނިގެން އެ ކޮޕީކޮށް ސުއިޓަރުގެ މޭމަތީގައި ޖަހާލައިފިއެވެ. ދެން އަނެއް ދުވަހު އެއްކަލަ ޑިޒައިން ހުރި ސުއިޓަރު ލައިގެން އަންހެން ކުއްޖާ އައިމާ ފިރިހެން ކުއްޖާ ވަރަށް ބާރަށް ހޭން ފަށައިފިއެވެ. ތިޔަހެނީ ކޮންކަމަކާ ހެއްޔޭ އަންހެން ކުއްޖާ އަހައިލިއެވެ. އޭނާ ބުންޏެވެ. "ތިޔަ ސުއިޓަރުގައި ތިޔައޮތީ މިތަނުން ތާޒާ ކިރު އެހާމެ އަގުހެޔޮކޮށް މިހެން-!"

ހުކުރު

ސިލޯނު މީހަކު: (ހުކުރު ދުވަހު ހޮޓަލަކަށް ވަދެފައި.) ވެއިޓަރ- ވެއިޓަރ- ގެނޭ- ބަތް ގެނޭ- މަސްރިހަ ގެނޭ-

ވެއިޓަރ: މަސްރިހައެއް ނެތް. މިއަދު ހުކުރޭ-

ސިލޯނުމީހާ: އެންމެ ރަގަޅު ހުކުރު ތަށްޓެއް ގެނޭ-!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.