ފަނޑިޔާރު އިސްމާޢީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން: ޕީޖީ ޝަމީމް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާޢީލް ރަޝީދު "ހެއްވާ" ކަމެއް ކުރެއްވީތީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި އެއީ ކޮންމެހެން ވަކި ފަނޑިޔާރަކަށް ވެގެން ކުރައްވާ ކަމެއް ނޫނެވެ.

ފަނޑިޔާރަކު ގަބޫލު ނުކުރެވޭފަދަ ހެއްވާ ކަމެއް ކުރައްވައިފިއްޔާ އެކަމެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރައްވާ ކަމަކީ ޖޭއެސްސީއަށް ހުށަހެޅުއްވުމެވެ. އެ މައްސަލަ ބައްލަވައި ވަކި ގޮތެއް ނިންމެވުމަކީ ޖޭއެސްސީގެ ކަމެއް ކަމުގައިވެސް ޕީގީ ޝަމީމް ވިދާޅުވިއެވެ.

އެކަމަކު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަނޑިޔާރު އަމަލުކުރެއްވި ގޮތާއި ހުކުމް ކުރެއްވި ގޮތް ޝަމީމް ވަރަށް ތަފުސީލުކޮށް ވިދާޅުވެ ދެއްވިއެވެ. އެ ހުކުމް ކުރެއްވީ ގާނޫނީ ހަމަތަކަކަށް ބެއްލެވުމެއް ނެތި ކަމަށާއި ބައެއް ކަންތައްތަކަކީ އަދީބު ދެއްކެވި ވާހަކައަކަށް ނުވާއިރުވެސް އެކަން ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވައި ވާހަކަ ފުޅުދެއްކެވި ކަމަށާއި އެއީ ގާނޫނީ ހަމައެއް ނޫން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. "ފަނޑިޔާރުގެ ކަމަކީ ކުރިމައްޗަށް ހުށަހެޅޭ ކަންތައްތަކުގެ މައްޗަށް ބަލައި ހުކުމް ކުރުން. އަމިއްލައަށް ފެންނަ ގޮތަކަށް ހުކުމް ކުރުމެއް ނޫނެވެ. އެހެން ހަދަން ފަށައިފިނަމަ ފުލުހުންނާއި ޕީޖީގެ ބޭނުމެއް ނެތް. ފަނޑިޔާރު ދަމުންދަމުން ހުޚުމް ކޮށްލީމާ ނިމުނީ." ޝަމީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.