ތައިލެންޑުގެ 349 މީހަކު ގައުމަށް ފޮނުވާލައިފި

ކޯވިޑާ ގުޅިގެން ރާއްޖޭގައި ތިބި ތައިލެންޑު މީހުންގެ ތެރެއިން 349 މީހަކު އެނބުރި ގައުމަށް  ފޮނުވާލައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ތައިލެންޑުގެ އޮނަރަރީ ކޮންސިއުލޭޓުން ހާމަކުރި ގޮތުގައި ދިވެހިރާއްޖޭގައި ތިބި އެގައުމުގެ މީހުންގެ ތެރެއިން އެހީއަށް އެދުނު 349 ތައިލެންޑަށް ފޮނުވާލައިފިއެވެ. ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ތިބި 15 މީހަކާއި ކޮލޮމްބޯގައި ތިބި 63 މީހަކު ތައިެލންޑަށް ދާނެއެވެ. މި މީހުން އެނބުރި ގަައުމަށް ދަނީ މޯލްޑިވިއަންގެ ޚާއްސަ ޗާޓަރު ފްލައިޓަކުންނެވެ. މިއީ މިގޮތަށް އެގައުމަށް ދާ ހަތަރުވަނަ އަދި އެންމެ ފަހު ފްލައިޓެވެ. މީގެ ކުރިންވެސް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުގައި ތިން ފަހަރެއްގެ މަތިން ތައިލެންޑު މީހުން ފޮނުވާލާފައިވެއެވެ.  

ކޯވިޑާ ގުޅިގެން ރާއްޖޭގައި ތާށިވެފައިތިބި އެކި ގައުމުތަކުގެ ރައްޔިތުން އެމީހުންގެ ގައުމަށް ފޮނުވާލާފައިވެއެވެ. އެގޮތުން އިއްޔެ ޗައިނާގެ ދެ ފްލައިޓަކުން އެގައުމުގެ 274 މީހަކު އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ. އެއީ ވޫހާނަށް ފޮނުވި 138 މީހަކާއި ޒެންގޒޮއު ޒިންޒެން އަށް ފޮނުވާލި 136 މީހެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.