މިހާރު ފެތުރެނީ އޮމިކްރޯން - ޑެލްޓާއަށް ވުރެ ކޭސްތައް ގިނަވެގެން ދާނެ

ރާއްޖޭގައި މިހާރު ފެތުރެމުން ދަނީ ކޯވިޑް 19 ގެ އޮމިކްރޯން ވޭރިއަންޓް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޝާހް މާހިރު ވިދާޅުވި ގޮތުގައި މިހާރު ވަނީ ކުޑަހުވަދުއާއި މާފުށިންވެސް އޮމިކްރޯން ވޭރިއަންޓް ފެނިފައެވެ. މުޅި ރާއްޖެއިން ކޭސްތައް ފެންނަ އަދަދު މިހާރު ވަނީ ހަތަރު ސަތޭކައަށް އަރާފައެވެ.

ނޫސްވެރިންގެ ބައްދަލވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވި ގޮތުގައި އޮމިކްރޯން ވޭރިއަންޓް މާ ހަލުވިކޮށް ދަނީ ފެތުރެމުންނެވެ. އެހެންވީމާ ޑެލްޓާ ވޭރިއަންޓްގައި ބަލި ޖެހުނު މީހުނަށްވުރެ މާ ގިނަ އަދަދެއްގެ މީހުންނަށް މި ފަހަރު ބަލިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޑެލްޓާ ވޭރިއަންޓް ފެނުނީ ހަމައެކަނި މާލެއިންނެވެ. އެހެންނަމަވެސް އޮމިކްރޯން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ފެނުމުގެ ފުރުސަތު ބޮޑުވުމާއެކު ނަގާ ރާޅު ރާއްޖޭގެ އެކި ދިމަދިމާއިން ނަގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.