ރޯދަމަޖާ: ސުވަރުގެއަށް ދިއުން

ސުވަރުގެއަށް ދިއުން

ޓީޗަރު ސުވާލު ކުރިއެވެ. "އަހަރެން ދުވާލު ހަތަރު ދަމު މިސްކިތުން ނުފައިބާ ހުރެގެން ނަމާދު ކުރިއްޔާ ސުވަރުގެއަށް ދެވޭނެތަ-؟"

ހުރިހައި ކުދިން އެއް ފަހަރާ ޖަވާބު ދިނެވެ. "ނޫން-"

ޓީޗަރު ސުވާލު ކުރިއެވެ. "އަހަރެން މުޅި އަހަރު ދުވަހު، އެންމެ ދުވަހެއްވެސް ދޫކޮށްނުލާ، ރޯދަ ހިފިއްޔާ ސުވަރުގެއަށް ވަދެވޭނެތަ-؟"

ހުރިހައި ކުދިން އެއް ފަހަރާ ޖަވާބު ދިނެވެ. "ނޫން-"

ޓީޗަރު ސުވާލު ކުރިއެވެ. "އަހަރެން އަތުގައި ހުރި ހުރިހާ މުދަލެއް ފަޤީރުންނަށް ބަހައި ހުސް ކޮށްލިއްޔާ ސުވަރުގެއަށް ދެވޭނެތަ-؟"

ހުރިހައި ކުދިން އެއް ފަހަރާ ޖަވާބު ދިނެވެ. "ނޫން-"

ޓީޗަރު ސުވާލު ކުރިއެވެ. "އަހަރެން ދުވަހަކުވެސް ނުބައި ކަމެއް ނުކޮށް، މުޅި ޢުމުރު ދުވަސް ހެޔޮ ކަމުގައި ހޭދަ ކޮށްފިއްޔާ ސުވަރުގެއަށް ދެވޭނެތަ-؟"

ހުރިހައި ކުދިން އެއް ފަހަރާ ޖަވާބު ދިނެވެ. "ނޫން-"

ޓީޗަރު ކުޑަކޮށް ނުރުހުން ވެފައި ސުވާލު ކުރިއެވެ. "އެހެން ވެއްޖެއްޔާ ސުވަރުގެއަށް ދެވޭނީ ކިހިނެއް-؟"

ހުރިހައި ކުދިން އެއް ފަހަރާ ޖަވާބު ދިނެވެ. "މަރު ވެގެން-!"

ސަބަބު

މަންމަ، ވަރަށް ހެނދުނު ދަރިފުޅަށް ގޮވައި ހޭލައްވާފައި ބުނެލިއެވެ. "ދަރިފުޅާ- ސްކޫލަށް ދާން ގަޑި ޖެހެނީ- އަވަހަށް ތެދުވޭ-"

ދަރިފުޅު ބުނެލިއެވެ. "މަންމާ- އަޅުގަނޑު ސްކޫލަށް ދާކަށް ބޭނުމެއް ނޫން-"

މަންމަ ބުނެލިއެވެ. "ދަރިފުޅު ސްކޫލަށް ނުދާން އުޅޭ ދެ ސަބަބެއް މަންމަ އަށް ބުނެދީބަލަ-"

ދަރިފުޅު ބުންޏެވެ. "ފުރަތަމަ ސަބަބަކީ ސްކޫލް ކުދިން އަޅުގަނޑު ދެކެ ރުޅި އާދޭ- ދެވަނަ ސަބަބަކީ ޓީޗަރުންވެސް އަޅުގަނޑު ދެކެ ރުޅި އާދޭ-"

މަންމަ ބުންޏެވެ. "ތިޔައީ ސްކޫލަށް ނުދާން ދެއްކޭނޭ ބަހަނާއެއް ނޫން- އަވަހަށް ތެދުވޭ-"

ދަރިފުޅު ބުންޏެވެ. "އަޅުގަނޑު ސްކޫލަށް ދާން ޖެހޭ ދެ ސަބަބެއް މަންމަ ބުނުއްވަބައްލަވާ-"

މަންމަ ބުންޏެވެ. "ފުރަތަމަ ސަބަބަކީ ދަރިފުޅުގެ އުމުރުން މިހާރު ފަންސާސް ދެ އަހަރު ވެއްޖެ- ދެވަނަ ސަބަބަކީ ދަރިފުޅަކީ ސްކޫލްގެ ޕްރިންސިޕަލް-"

ފޯނަށް ޖަވާބު ދިނުން

އެއް ދުވަހަކު މީހަކު އޮފީހަށް އައި އިރު ދެ ކަންފަތް ހުރީ ބެންޑޭޖް ކޮށްފައެވެ. ކަންފަތަށް ވީ ކިހިނެއްތޯ މީހަކު އަހައިލީމާ ބުންޏެވެ.

"ވީ ގޮތަކީ އަހަރެން އިސްތިރި ކުރަން ހުއްޓާ ފޯނެއް އައީ- އޮޅިގެން ފޯނުގެ ބަދަލުގައި ޖަވާބު ދެވުނީ އިސްތިރިއަށް-"

ސުވާލު ކުރި މީހާ އަހައިލިއެވެ. "އެހެން ވެއްޖެއްޔާ ފިހެން ވާނީ އެއް ކަންފަތެއްނު-؟ އަނެއް ކަންފަތަށް ކިހިނެއްވީ-؟"

އޭނާ ޖަވާބު ދިނެވެ. "އެ މީހާ އަނެއްކާވެސް ފޯނު ކުރީ-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.