ސަތޭކަ ހަތާވީސް މިލިއަން ރުފިޔާއަށްވުރު ބޮޑު ބަޖެޓެއް އައްޑޫ ސިޓީކައުންސިލުން މިއަހަރަށް ފާސްކޮށްފި

މިދިޔަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލުން 2020 ވަނަ އަހަރަށް ސަތޭކަ ހަތާވީސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފި އެވެ.

ދެ ހާސް ވިހިވަނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވީ  ދެހާސް ނަވާރަ ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ޚަރަދު ކުރުމަށްފަހު ބާކީ ހަތަރު މިލިއަން ހަތަރުސަތޭކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ހަތްދިހަ ހަތް ރުފިޔާ  ބާކީވެފައިވާ ކަމަށެވެ. އޭގެ އިތުރުން ހަމިލިއަން ފަސް ސަތޭކަ ފަންސާސް ތިން ހާސް ހަތަރުސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ބާކީވި ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

"އެއާ އެއްކޮށް ޖުމްލަ ދެހާސް ނަވަރަވަނަ އަހަރުގެ ބެޖެޓުގެ ބާކީގެ ގޮތުގައި އާމްދަނީއާއި ދައުލަތުގެ ބަޖެޓުން ބާކީވި އެއްޗަކާއެކު ޖުމްލަ އެގާރަ މިލިއަން ފަންސާސް ތިން ހާސް ފަންސާސް ހަ ރުފިޔާ ކައުންސިލަށް އާމްދަނީގެ ގޮތުގައި އެބަލިބޭ،" މޭޔަރު ވިދާޅުވިއެވެ. މިފައިސާ ވެސް މިހާރު ވަދެފައިވަނީ މިއަހަރުގެ ބަޖެޓުގެ ތެރެއަށެވެ.

މިއަހަރު އައްޑޫސިޓީ ކައުންސިލަށް ދައުލަތުން ވަނީ ގްރާންޓު ނުވަތަ އެހީގެ ގޮތުގައި ހަތްދިހަ ތިން މިލިއަން ދެލައްކަ ހަ ހާސް އަށްސަތޭކަ ދިހަ ރުފިޔާ ދެއްވައިފައެވެ. އައްޑޫ ސިޓީކައުންސިލުން އައްޑޫ ރައްޔިތުންގެ ޓުރަސްޓު ފަންޑުގެ ނަމުގައި އުފައްދައިފައިވާ ފަންޑަށް އަށްމިލިއަން ހަސްސަތޭކަ އެއްހާސް ތިންސަތޭކަ އަށްޑިހަ ތިން ރުފިޔާ ލިބޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ކައުންސިލްގެ ބަޖެޓުގެ އިތުރުން އެކިއެކި ވުޒާރާތަކާއި ދައުލަތުގެ އެކިއެކި އިދާރާތަކުން ކައުންސިލް މެދުވެރިކޮށްދޭ ޚިދުމަތްތަކަށް ސަތާރަ މިލިއަން ހަތަރުސަތޭކަ އެކާވީސް ހާސް އަށްސަތޭކަ ތިރީސް ނުވަ ރުފިޔާ ގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ކައުންސިލްގެ މިއަހަރުގެ އާމްދަނީގޮތުގައި އަންދާޒާ ވެފައި އޮތީ ހަތާވީސް މިލިއަން ނުވަސަތޭކަ ނުވަ ހާސް ހަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށެވެ.

"މި އާމްދަނީ މިލިބެނީ ދެހާސް ނަވާރަވަނަ އަހަރުގެ ބަޖެޓުގެ ބާކީން ލިބޭ ހަމިލިއަން ފަސްސަތޭކަ ފަންސާސް ތިން ހާސް ހަތަރުސަތޭކަ ހަތްދިހަ ނުވަ އެއް ރުފިޔާ. ދެހާސްނަވާރަވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ޚަރަދުކޮށް ބާކީ ހަތަރު މިލިއަން ހަތަރުސަތޭކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ހަތްދިހަ ހަތް ރުފިޔާ އެބަހުރި. އެއާ އެއްކޮށް ޖުމްލަ ދެހާސް ނަވަރަވަނަ އަހަރުގެ ބެޖެޓުގެ ބާކީގެ ގޮތުގައި އާމްދަނީއާއި ދައުލަތުގެ ބަޖެޓުން ބާކީވި އެއްޗަކާއެކު ޖުމްލަ އެގާރަ މިލިއަން ފަންސާސް ތިން ހާސް ފަންސާސް ހަ ރުފިޔާ ކައުންސިލަށް އާމްދަނީގެ ގޮތުގައި އެބަލިބޭ،" ޢަބްދުﷲ ސާދިގު ވިދާޅުވިއެވެ.

މިއަދަދު ތަކާއެކު 2020 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ ޖުމްލަ ސަތޭކަ ހަތާވީސް މިލިއަން އެއްސަތޭކަ ތިރީސް ނުވަހާސް ހަ ސަތޭކަ ނުވަދިހަ ހަތްރުފިޔާ އެވެ.

މި ބަޖެޓުގެ ތެރެއިން ކައުސިލްގެ އާމްދަނީން ޚަރަދު ކުރުމަށް ކަނޑައަޅައިފައިވަނީ  ސައުވީސް މިލިއަން އަށްސަތޭކަ ނުވަދިހަ ދެހާސް ހަތްސަތޭކަ ނުވަދިޔަ ހަތަރު ރުފިޔާ އެވެ. ދައުލަތުން ދެއްވި ގުރާންޓުން ޚަރަދު ކުރުމަށް ކަނޑައަޅައިފައިވަނީ ފަސްދޮޅަސް ނުވަ މިލިއަން ފަސް ސަތޭކަ ސާޅީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ އެވެ. އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޚަރަދުތަކަށް ވަނީ ދައުލަތުން ލިބުނު ގުރާންޓުގެ ފަސް ޕަސެންޓު ކަނޑައަޅުއްވައިފައެވެ. އެއީ ތިން މިލިއަން ހަ ސަތޭކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ސާޅީސް ރުފިޔާ އެވެ. އެއީ ގާނޫނު ލާޒިމުކުރާ އަދަދަށް އެ ކޮމިޓީގެ ޕްރޮގްރާމްތައް ހިންގުމަށް ކަނޑައެޅުނު އަދަދެވެ.

އައްޑޫ ރައްޔިތުންގެ ޓްރަންސްޓް ފަންޑުގެ މިއަހަރުގެ ޚަރަދުގެ ގޮތުގައި ޚަރަދު ކުރުމަށް ބަޖެޓުގައި ހިމެނިފައިވަނީ ހަތަރު މިލިއަން އަށްލައްކަ ރުފިޔާ އެވެ. ކައުންސިލްގެ މިއަހަރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ބަޖެޓުފައި ވަނީ ސަތޭކަ ސަތާރަ މިލިއަން ނުވަސަތޭކަ ފަންސާސް ފަސް ހާސް ހަސަތޭކަ ހަތަރު ރުފިޔާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ޖުމްލަކޮށް ކައުންސިލްގެ ޓްރަސްޓު ފަންޑާއި ކައުންސިލްގެ އާމްދަނީ އާއި އަދި ދައުލަތުން ދެއްވި ގްރާންޓާއެއްކޮށް މިއަހަރުގެ ޚަރަދުތައް ކަނޑައި ބާކީ އޮތީ ތިން މިލިއަން ސޯޅަ ހާސް އަށްސަތޭކަ ހަތްދިހަ އަށްރުފިޔާ. މިބަޖެޓަކީ (ޓްރަސްޓް ފަންޑާ އެއެއްކޮށް) ސާޕްލަސް ނުވަތަ އަރަނި ބަޖެޓެއް މޭޔަރު ވިދާޅުވިއެވެ.

ބެޖެޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވީ ދެހާސްވިހަވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ މަޝްވަރާއާއި ލަފަޔާ އެއްކޮށް އެކުލަވާފައި ވާބެޖެޓެއް ކަމަށެވެ. ބަޖެޓު ހެދުމަށްފަހު ކޮންމެ އަވަށެއްގައި ރައްޔިތުންގެ ޓައުންހޯލް މީޓީންތައް ބާއްވައި ބެޖެޓު ބެހިފައިވާ ގޮތް ރައްޔިތުންނަށް ކިޔައިދީ ރައްޔިތުން ހުށަހެޅުއްވި ބަދަލުތައް ވެސް ބެޖެޓުގައި ފާސްކުރުމުގައި ހިމަނާފައިވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.