ޕީޕީއެމްގެ ލިޑަރޝިޕް އޮތީ ވަރަށް އެކުވެރިކަމާއި ބަދަހިކޮށް ކަމަށް އެޕާޓީއާ ކޯލިޝަން ހަދައިފައިވާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެޕާޓީއަށް މަގުދައްކަވަނީ ވެސް ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ކޮޅުބެދިފައިވާ މަގަކަށް އިދިކޮޅު ޕާޓީއަށް ވަދެވި ނުނިކުމެވި ބަންދުވެފައިވާ ކަމަށްކުރީގެ ހޯމް މިނިސްޓަރ ޢުމަރުނަސީރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ޢުމަރު އެހެން ވިދާޅުވީ ޕާޓީއަށް މަގުދައްކަވާނެ ބޭފުޅަކުނެތް ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވުމުންނެވެ.
ޝުޖާ ވިދާޅުވީ ޢުމަރުނަސީރުގެ މަގުސަދުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވެންނެތް ވާހަކަ މަޢާފާ އެކުދަންނަނަވާ ކަމަށް ވިދާޅުވެފައިވެއެވެ. ޢުމަރު ވިދަޅުވެފައިވަނީ އިދިކޮޅަށް ވަދެވިފައިވާ މަގުން ނުކުމެވެން އޮތީ އެހެން ވިސްނުމެއް ގެނެސްގެން ކަމަށެވެ. އެއީ ޕީޕީއެމްގެ ލީޑަރޝިޕް އޭނާއާ ޙަވާކުރުން ކަމަށް ބައެއް ފަރާތްތަކުންދަނީ މާނަކުރައްވަމުންނެވެ.
ޝުޖާއު ވިދާޅުވެފައިވަނީ ޕީޕީއެމް ހިންގާނެގޮތް އެއްވެސް މީހަކަށް ނޭނގޭނޭ ކަމަށެވެ. އެއީ އިދިކޮޅުޕާޓީ ކަމަށާއި ޢުމަރު ނަސީރުވެސް ހިމެނޭ ގޮތުން ދެންތިބި އެންމެންނަކީ ސަރުކާރު މީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޝުޖާޢުވި ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް އޮތީ ބަޔަކު ހީވެސްނުކުރާ ވަރުގަދަކަމާއި އެއްބައިވަންތަކަން މަތީގައި ކަމަށެވެ. އަދި އެޕާޓީގެ ޢާއްމު މެމްބަރުންގެ ހުރިހާ ތަރުހީބަކާއި ތާއިދެއްވެސް އޮތީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓުވެސް ނުދެއްވާނެ ކަމަށެވެ.