ޕީއެންސީގެ ރައީސް އަކަށް ޑރ. މުއިއްޒު އިންތިހާބުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިއެވެ.

ރޭ ބޭއްވި ޕީއެންސީ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އަޣުލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި އެޕާޓީގެ ނައިބް ރައީސް އަކަށް އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ހަމަޖައްސާވާފައެވެ.

ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދުރޭ ވަނީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައެވެ.

ރޭގެ ޖަލްސާގައި ޕީއެންސީ ސެނެޓްގެ ނަންބަދަލުކޮށް، "މެންބަރުންގެ މަޖިލީސް" ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ޕީއެންސީގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ނައިބް ރައީސްއަކަށް އިންތިހާބީ ނައިބް ރައީސް ސެމްބެ ހަމަޖެއްސެވީ މެންބަރުންގެ މަޖިލީސްގައި ތިބޭ 50 މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި 40 މެންބަރުންގެ ވޯޓުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.