ވެޓެރިނަރީ ކުލިނިކުގެ ޚިދުމަތް އަލުން ފަށަނީ

ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި ގާއިމްކޮށްފައިވާ ޖަނަވާރުންނަށް ފަރުވާދޭ ވެޓެރިނަރީ ކްލިނިކުގެ ޚިދުމަތް މި މަހު 17 ވާ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިއަދު ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެތަނުގައި މަސައްކަތްކުރާ ވެޓެރިނޭރިއަރު ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށެވެ. އެތަނުން ޑޮކްޓަރަށް ދެއްކުމާއި ސާޖަރީ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

އެތަނުން ސާޖަރީ ކުރުމަށް ފޯމެއް ފުރުމަށްފަހު ހުށަހަޅަންޖެހޭނީ ފިޝަރީޒް މިނިސްޓްރީއަށެވެ. ޚިދުމަތް ލިބޭނީ ވިލިމާލޭގޭ ވެޓެރިނަރީ ސާވިސް އިން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެތަނުން ޑޮކްޓަރަށް ދެއްކޭނީ އާދީތަ ދުވަހާއި ބުދަ ދުވަހުއެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އޮންނާނީ ސާޖަރީ ކުރުމެވެ. އެތަނުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ އޭރުހުރި އިންޑިއާގެ ވެޓެރިނޭރިއަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން އޭނާ ދާންޖެހުމުންނެވެ. ޚިދުމަތް އަލުން ފަށަނީ ފިލިޕީސްގެ ވެޓެރިނޭރިއަރާކާއެކުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.