ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެންވެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ޙައްލުކުރެވިދާނެ ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ދިރޭ އެމާނުލާ މަސްވެރިކަން ކުރެވޭނެތޯ ޕްރޮފެސަރ އުގައިލް އާއި އަދި ވެސް އެހެން ފަރާތްތަކަށް ޓެގްކޮށް ޙުސައިން އާދަމް ކިޔާ ޒުވާނަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ މުސްތަޤްބަލް އުޖާލާކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުން ވަރަށް ވެސް މުހިންމު ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.
"މަސްބާނާ ރޮބަޓެއް ވެސް ދިވެހި މަސްވެރިންނަށް އީޖާދު ކުރެވިދާނެ" ޕްރޮފެސަރ އުޤައިލް ވިދާޅުވެފައި ވެއެވެ.
މަސް ބޭނުން އޮޓަމޭޓް ކުރެވިދާނެތޯ އާއި ދުނިޔޭގައި އެ ޓެކްނޮލޮޖީ ހުރިތޯ ވެސް ޙުސައިން އާދަމް ވަނީ ސުވާލުކޮށްފައެވެ.
އާދެ. ރާއްޖޭގެ މަސްވެރިކަމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުން ވަރަށް ވެސް މުހިއްމު. މިސާލަކަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޢެންވެެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރެވިދާނެ. މަސްބާނާ ރޮބޮޓެއް ވެސް ދިވެހި މަސްވެރިންނަށް އީޖާދު ކުރެވިދާނެ. https://t.co/yZbpRiiflh
— Professor Ugail (@ugail) October 27, 2019