ކޮޅުފުށީގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކޮށްފި

މ. ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތް ކުރަން ބަޔަކާ މިއަދު ޙަވާލުކޮށްފިއެވެ.

އެމަސައްކަތް ޙަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސާރވިސަސް ކުންފުންޏާއެވެ. މިއެއް ބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ހައުސިންޔުނިޓްތައް އިމާރާތް ކުރާނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓްގެ 100 ގޯތީގައެވެ. އިމާރާް ކުރާނީ 3 ކޮޓަރިއާއި، 3 ފާޚާނާއާއި ސިޓިންރޫމާއި، ބަދިގެ އަކާއި ސްޓޯރޫމަކާއި ދޮންނަމެޝިން ބަހައްޓާ ތަނެއް ހިމެނޭ ގޮތަށެވެ.

ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސަރވިސް ޖޮއެންޓް ވެންޗަރ ކުންފުންޏާ އެމަސައްކަތް ޙަވާލު ކުރެއްވީ 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ ހަތްދިހަ ފަސް މިލިއަން ހަތްލައްކަ ހަތްދިހަ ދެހާސް އައްޑިހަ ހަރުފިޔާ އެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަޙުމަދު ވިޝާން ނަސީމެވެ. ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޕީ.ޑަބްލިއު ތިލަކަރަތުނަ އެވ. ޔޫސުފް ގާސިމް (ޕީ.އީ.އެސް މެރިން ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ޤާސިމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.