އާފަތިސް ބަދިގެ: އިސްފިނާޖު، ޗީޒް ޑަމްޕްލިންގ

ބޭނުންވާނެ ބާވަތްތައް:

1 ސައިސަމުސާ ލޮނު 

8 އައުންސް ބޭބީ އިސްފިނާޖު (spinach) 

1 ½ ޖޯޑު ޕާން ކުނޑި

½ ޖޯޑު ރިކޮޓާ ޗީޒް

¼ ޖޯޑު ޒައިތޫނި ތެޔޮ

1 ކުކުޅު ބިސް، ގިރާފައި

6 އައުންސް ޝެޑަރ ޗީޒް

3 ސައިސަމުސާ ބަޓަރު، އަންސޯލްޓެޑް

1 ½ ސައިސަމުސާ ވިނެގަރ

ފުށް، ޑަސްޓުކުރުމަށް

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްޔެއް އުދައި ލޮނު އަޅައިގެން ފެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ސްޕިނާޗް އެޅުމަށްފަހު 1 މިނެޓު ނުވަތަ 2 މިނެޓު ކައްކާށެވެ. ސްޕިނޭޗް ތެލިން ނަގައި އައިސް ފެނަށް ގަންބާލުމަށްފަހު ކުދިކޮށް ކޮށާލާށެވެ.

ބޯތަށްޓެއްގައި ސްޕިނާޗާއި ލޮނު، ޕާމެސަން ޗީޒް، ޕާން ކުނޑި، ރިކޮޓާ ޗީޒް، މޭޒުމަތީ ސަމުސަލެއްގެ އޮލިވް އޮއިލް، އަދި ބިހާއި ލޮނު އެއްކުރާށެވެ. ރަނގަޅަށް މޮޑެވެމުން 14 ގުޅަ ވަށާށެވެ. ދެން ފަހަރަކު ބޯޅައެއް ފަތާކުރުމަށްފަހު އެތެރެއަށް ދެ ސަމުސާ ޗީޒު ލައި، ބަންދުކުރާށެވެ. އަދި ބޭރުގައި ފުށް އުނގުޅައި ޓްރޭއެއްގައި އަތުރާށެވެ. ދެން 45 މިނެޓު ފްރީޒުކުރާށެވެ.

ދެން ބޮޑު ފެން ތެއްޔެއް ކައްކާށެވެ. ފަހަރަކު 7 ޑަމްޕްލިން ތެލީގައި ކައްކާށެވެ. 7 މިނެޓު ނުވަތަ ފެން މައްޗަށް އުފުލެންދެން ކައްކާށެވެ. ސޯސް ތައްޔާރުކުރުމަށް ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ޕާސްޓާ ފެން ތެލިން ނަގާށެވެ.

ބާކީ ހުރި ތެޔޮކޮޅު ހޫނުކުރުމަށްފަހު ފުށުން ޖަހަމުން ޑަމްޕްލިން ތެލުލާށެވެ. 6ވަރަކަށް މިނެޓު ފަހުން ބަޓަރުކޮޅެއް އެއްކުރުމަށްފަހު އިތުރު 2 މިނެޓުވަރު ކައްކާށެވެ. ދެން ވިނެގަރ އާއި ޕާސްޓާ ފެން އަޅައިގެން އިތުރު 8  މިނެޓު ވަރު ކައްކާށެވެ. އަދި ސަމުސަލަކުން ޑަމްޕްލިންގެ މައްޗަށް ސޯސް އާއި ޕާމެސަން ޗީޒު އެޅުމަށްފަހު ސާވް ކުރާށެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.