ލަންކާއަށް ދިން ޙަމަލާއަށްފަހު ރާއްޖެއަށް ނުރައްކަލެއް އޮތްތޯ މިދަނީ ބަލަމުން: އެމްއެންޑީއެފް

ލަންކާއަށް ދިން ޙަމަލާއަށްފަހު އެމްއެންޑީއެފްއާއި ޕޮލިހުންގެ އިސް ބޭފުޅުން މަޝްވަރާ ކުރައްވަނީ: ފޮޓޯ އެމްއެންޑީއެފް

އަވަށްޓެރި ސްރީލަންކާގެ އެކި ސަރަޙައްދުތަކުގައި ދިން ބޮމުގެ ޙަމަލާއަށްފަހު ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބައްލަވަމުން ގެންދަވާ ކަމަށް ޗީފްއޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެ ޙަމަލާތަކަށްފަހު ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލައި ދެނެގަތުމަށް ކަމާ ފަރާތްތަކާ މިހާރު ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށެވެ. ރާއްޖޭގައި މިހާރުވަނީ ސަލާމަތީ ކަންކަން ވެސް ވަރުގަދަ ކޮށްފައެވެ. ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހުއްޓުވުމުގެ ގޮތުން ކަމަށް ވެސް ޖެނެރަލް ޝަމާން ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރިސޯޓުތަކާއި ގެސްޓު ހައުސްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާބެހޭ މަޝްވަރާތައް ވެސް ކަމާ ބެހޭ ފަރާތްތަކާއެކު ކޮށްފައިވާ ކަމަށް ވިދާދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ވަނީ އެ ޙަމަލާތަކަށްފަހު ފުލުހުންނާ ވެސް ވަނީ މަޝްވަރާ ކުރައްވައިފައި ކަމަށެވެ. ލަންކާގެ 8 ސަރަޙައްދެއްގައި ބޮން ގޮއްވި ހާދިސާގައި މިހާތަނަށް ވަނީ 207 މީހަކު މަރުވެފައެވެ. އަދި 450 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މި ޙަމަލާ ތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.