ރަޖްނީކާންތް ގެ 2.0 އަށް ދެ ދުވަސްތެރޭގައި 2.87 ބިލިއަން ޑޮލަރު

ރަޖްނީކާންތްގެ 2.0 (ޓޫ ޕޮއިންޓް ޒީރޯ) އަށް ފުރަތަމަ ދެ ދުވަސް ތެރޭ 2.87 ބިލިއަން ޑޮލަރު ލިބިއްޖެއެވެ. މިއީ 200 ކްރޯޑް މާކް ހުރަސްކުރި އޭނާގެ ތިންވަނަ ފިލްމެވެ. 

ތަމިލްނާޑޫގައި ފިލްމު ސެޓްކޮށްފައިވީ ނަމަވެސް ފިލަމަސް ބޮޑު ކާމިޔާބީ އެއް ލިބިފައިވަނީ ހިންދީ ސަރަހައްދު ތަކުންނެވެ. 2.0 ގެ ހިންދީ ވާޝާން އަށް ފުރަތަމަ ދުވަހު މާ ބޮޑު ތަރުހީބެއް ލިބިފައި ނުވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިންޑިއާއިން އެކަނި ވެސް ފިލްމަށް ލިބޭ ތަރުހީބު އިތުރުވާނެ ކަމަށް ފިލްމު ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ފިލްމު ސިނަމާގައި އެޅުވި ދުވަހު ރަޖްނީކާންތް އަށް ތާއީދު ކުރާ މީހުން ވަނީ 3 މިނިޓަށް ފިލްމު ހުއްޓުވައި ރަޖްނީކާންތް ސެލެބްރޭޓް ކޮށްފައެވެ.

https://twitter.com/RajiniFansTeam/status/1067984109127888896?s=20

ފިލްމުގެ މަިއގަނޑު ކެރެކްޓަރ އަކި ރަޖްނީކާންތް އެވެ. ފިލްމުގެ ހުރިހާ ސީން އެއްގައި ވާޗުއަލް ކޮށް އޭނާ ހުރެއެވެ. ސައިްނޓިސްޓު ވަސީގަރަން، ނުބައި ބައިގަ ޗިޓީ (2.0 ވަރޝަން) ނުވަތަ ކުއްޓީ ޗިޓީ (3.0 ވަރޝަން) ގެ ގޮތުގައެވެ. ފިލްމުގައި އަކްޝޭ ވެސް މުހިއްމު ރޯލެއް ކުޅެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.