ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫ.އޭ.އީ އަށް ވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް މިއަދު ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މިދަތުފުޅުގައި ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރ ހިޒް ހައިނަސް ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާނާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރަށް ޔޫ.އޭ.އީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް ޒަމާންވީ އަޚްވަންތަ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަރަށް ފަހުން ވަނީ އަވަށްޓެރި އިންޑިއަށް ވަޑައިގެން އެޤައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. ރާއްޖޭގެ ޚާރިޖީ ގުޅުން ވަނީ ހީނަރުވެފައި ކަމަށާއި މިސަރުކާރުން އެކަމަށް އިސްކަމެއް ދެއްވައިގެން އެގުޅުންތައް ވަރުގަދަ ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އަރިހުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އަޙްމަދު ޚަލީލް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.