ރާއްޖޭގެ ކުރީގެރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް މިހަރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއީ ރައީސް އިބްރާހީމް ހުވައި ކުރެއްވުމަށްފަހު ރައީސް މައުމޫން އެމަނިކުފާނުގެ އަރިހަށް ކުރެއްވި މިފަދަ ފުރަތަމަ ޒިޔާރަތެވެ. މި ބައްދަލުވުމުގައި އެ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ރައީސް މައުމޫނަކީ ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. އެމަނިކުފާނު ވަނީ މިސަރުކާރު ގެންނެވުމަށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވައިފައެވެ.