51 މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

Pic: Twitter

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް އަޙްމަދްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ މެންބަރުންވެސް ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކު އެވެ. 

މައްސަލަ ހުށަހެޅުމަށްފަހު މިޑިއާ އާއި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ މައްސަލަ ހުށަހެޅި ސަބަބު މީީޑިއާ އާއި ހިއްސާކޮސްފައެވެ. ރިޔާޒު ވިދާޅުވިގޮތުގައި ގާނޫން އަސާސީ އަށާއި ގާނޫންތަކަށް ގެންނަން ހުރި އިސްލާހުތަކާއި ރައްޔިތުންގެ ހައްގުގަ ކުރަންހުރި މަސައްކަތް އަވަހަށް ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ހަމައެއާކު މި ސަރުކާރާ ދޭތެރޭ ހުށަހެޅިިފައި ހުރި ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.  

އެމްޑީޕީގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މަސީހުގެ ރައީސްކަމުގެ ދަށުން ކުރައްވަމުން ގެންދެވީ ހަަމައެކަނި ސަރުކާރުން ބޭނުންވާ ކަންތައްތައް ކަމަށެވެ. އަދި މަސީހުގެ ދައުރަކީ ރައްިޔިތުންގެ މަޖިލީހުގެ ހަޔާތުގެ އެންމެ ކަޅު އަނދިރި ދުވަސްތައް ކަމުގައެވެ. ރޮޒެއިނާ ވަނީ މިހާރުވެސް މިއީ މަޖިލިސް މަސައްކަތް ކުރަންޖެހޭ ދުވަސްތަކެއް ނަމަވެސް އެއްވެސް މައްސަލައެއް އެޖެންޑާ  ކުރައްވާފައިނުވާ ކަން ފާހަގަކުރައްވާފައެވެ.  

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ވަހީދް ވިދާޅުވި ގޮތުގައި ރައްިޔިތުނގެ މަޖިލީހުގެ ރައީސް ޢަބދުﷲ މަސީހް މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގެ މެންބަރުން މަޖިލީހުގެ މަސައްކަތުން މަހްރޫމް ކޮށްފައިވަ ކަމަށެވެ. އަދި ކޮމެޓީތައްވެސް މައީހް ބޭނުންފުުޅުވާ ގޮތަށް އަތުރައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި މަސީހު އިސްތިއުފާ ނުދެއްވައި ހުންނަނވަނީ 14 ދުވަސް އިތުރަށް ލިބިވަޑައިގަންނަވާނެ ކަމަށް ކަމަށެވެ. ނަމަވެސް 45 މެންބަރުންނާއެކު ކުރީން ހުށަހެޅީ މައްސަލަ ބާޠިލު ކުރުމަށް މަޖިލީހުން 12 މެންބަރުން ވަކކި ކުރައްވާފައިވާ ކަމަށެވެ. އެހެންމަމަވެސް އެ 12 މެންބަރުނގެ ތެރެއިން 4 މެންބަރުންނަށް މިހާރު މަޖިލީހަށް ވަދެވޭނެ ކަމަށާއި ބާކީ ތިބި 8 މެންބަރުންނަށް ވަދެވޭގޮތް ވުމުން އެމައްސަލަވެސް ޞައްޙަ ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެން ކަމުން ދެގޮތަށް ބަލާއިރުވެސް މަސީހަށް މަޖިލިސް ރައީސްގެ މަގާމުގައި ދެން ނުހުންނެވޭނެ ކަމަށެވެ. ވަޙީދް ވިދާޅުވީ 8 މެންބަރުނގެ ގޮނދީ ސަލާމަތް ވުމުން އެމައްސަލަ ކުރިއަށް ގެންދިއުމުގެ ޖާގަ ހުޅުވިގެންދާނެ ކަމަށެވެ. އަދި އޭނާ ވަނީ 14 ދުވަހަށް މަޑު ނުކުރައްވައި އެމައްސަލަ ކުރިއަށް ގެންގޮސް ދެއްވުމަށް މަޖިލީހުގ ނައިބް ރައީސަށް ގޮވާލައްވާފައެވެ. އެގޮތަށް ކުރިއަށް ނުގެންދެވޭނަމަ މިއަދު ހުށަހެީ ގަރާރާއެކު އެމައްސަލަވެސް ނިމުމަކަށް އަންނާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. ވަޙީދު ވިދާޅުވީ މަސީހު އިސްތިއުފާ ދެއްވުމުން މަޖިލީހުގެ މަސައްކަތް ވަރުދަގަ ކަމާއެކު ކުރިއަަށް ގެންދެވޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއި ކުރި 51 މެންބަރުންގެ ތެރޭަގައި 38 މެންބަރުންނަކީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވަ މެންބަރުންނެވެ. އޭގެ އިތުރުން އެމްޑިއޭގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއިދު ކުރައްވާ މެންބަރުން ހިމެނޭ ގޮތަށް އިތުރު 15 މެންބަރުން ވެސް ސޮއި ކުރައްވާފައިވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.