މެކްސިކޯގެ ލޮޒާނޯގެ ލަނޑުން ޗެމްޕިއަން ޖަރުމަނު ބަލިކޮށްފި

މިހާރު ރަޝީޔާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ގްރޫޕް އެފް ގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ވާދަކޮށް 1-0 ލަނޑުން މެކްސިކޯ މެޗު ކާމިޔާބުކޮށްފިއެވެ.

މެކްސިކޯއިން މިމެޗު ކާމިޔާބުކުރީ އެޓީމުގެ ހާވިން ލޮޒާނޯ މެޗުގެ 35 ވަނަ މިނިޓުގައި ޖަހައިދިން ހިތްގައިމު ލަނޑުންނެވެ.

މެކްސިކޯއިން މިމެޗު ކާމިޔާބުކުރީ އެޓީމުގެ ހާވިން ލޮޒާނޯ މެޗުގެ 35 ވަނަ މިނިޓުގައި ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑްކަޕެއްގެ  ފުރަތަމަ މެޗުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗަށް ނުކުތްއިރު ގިނަމީހުން ގަބޫލުކޮށްގެން ތިބީ ޖަރުމަނު މޮޅުވާނެ ކަމަށެވެ. އެހެންނަމަވެސް ނަތީޖާ ނުކުތީ މުޅިން އިދިކޮޅަށެވެ. މިއީ މި ވޯލްޑްކަމުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަކާއިރު އެންމެ ހައިރާން ކުރުވަނިވި ނަތީޖާ ނުކުތް އެއް މެޗެވެ. މި ނަތީޖާއަށް ބަލާއިރު މިއީ 1985 ވަނައަހަރަށްފަހު ޖަރުމަނު އަތުން މެކްސިކޯއަށް ލިބުނު ފުރަތަމަ މޮޅުވެސްމެއެވެ. އެއަހަރު މެކްސިކޯ ޖަރުމަނުއަތުން މޮޅުވީ އެކުވެރި ކަމުމުގެ މެޗެއްގައެވެ.

މިރޭގެ މެޗު ފަށައިގެން ނިމެންދެން މެކްސިކޯ ކުޅެމުންދިޔައީ ޖަރުމަނަކީ ދުނިޔޭގެ ޗެންޕިއަންކަން ދަނެގެން މެޗުން މޮޅުވުމުގެ ރޫހާއި އަޒުމެއްގައެވެ. އެގޮތުން މެޗު ނިމެންދެން ވެސް އެޓީމުންގެ ފޯވާޑުލައިނުން ގެންދިޔައީ ޖަރުމަނުގެ ފަހަތަށް އިންތިހާއަށް ބާރުބޮޑުކުރަމުންނެވެ.

ޖަރުމަނުންވެސް ވަނީ މެޗުން މޮޅުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބަދަލުތަކެއް ގެނެސްގެން ކުރެވެންއޮތް ހުރިހާ ކަމެއް އެޓީމުން މިމެޗުގައި ކުރިއެވެ. އެ ބަދަލުތަކާއެކު މެޗުގެ ފަހުކޮޅުގައި ޖަރުމަނުންވަނީ މެކްސިކޯގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. އެހެންނަމެވެސް ޖަރުމަނުގެ ހަމަލާތައް ހުއްޓުވައި އެޓީމް ފަހަތަށް ޖައްސާލުމަށް މެކްސިކޯގެ ކުޅުންތެރިންވަނީ ކާމިޔާބު ހޯދައިފައެވެ.

މިރޭ 11:00 ގައި މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. ބައްދަލު ކުރާނީ ވޯލްޑްކަޕްގެ ރަސްގެފާނު ކަމަށް ބަލާ ބްރެޒިލްއާއި ސްވިޒަލޭންޑެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.