މޮޅަށް ކުޅުމާއެކުވެސް ޑެންމާކް އަތުން ޕެރޫ ބަލިވެއްޖެ

ވޯލްޑްކަޕް 2018 ގައި މިރޭ 9 ޖެހިއިރު ފެށި ޕެރޫ ޑެންމާކް މެޗު 1 ލަނޑު 0 ލަނޑުން ޑެންމާކް ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ޕެރޫއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް މި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ކްރިސްޓިއަން ކުއޭވާ ފޮނުވައިލީ ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މި ޕެނަލްޓީ ދީފައި ވަނީ ރީޕްލޭ ބަލައިގެންނެވެ.

މި މެޗުގައި ޑެންމާކުން ޖެހި ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނިޓުގައި ޔޫސުފް ޕޯލްސަން އެވެ.

ޑެންމާކްގެ ލަނޑަށް ފަހު ޕެރޫއިން ވަރަށް މޮޅަށް ކުޅެން ފެށިއެވެ. ލަނޑުޖަހާނޭ އެތައް ފުރުސަތެއް ހޯދިއެވެ. އެކަމަކު ޖެހޭ ގޮތެއް ނުވިއެވެ. މެޗު ނިމެން ކައިރީ ވަރަކަށް ޑެންމާކަށް ދިޔައީ ޕްރެޝަރު ބޮޑު ވަމުންނެވެ. އެކަމަކު ގޯލްކީޕަރުގެ ހުސިޔާރުކަމާއި ދިފާއީ ކުޅުންތެރިންގެ މަސައްކަތްކުން މެޗު ނިމެންދެން ނަތީޖާއަށް ބަދަލެއް އަޔަ ނުދީ ހިފަހައްޓާލިއެވެ.

މިއީ 36 އަހަރު ފަހުން ޕެރޫ ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗު ނިމިގެން ދިޔައީ އެ ޓިމަށް ހިތްހަމަ ޖެހޭ ފަދަ ނަތީޖާއަކާ އެކީގައެއް ނޫނެވެ. ގޯލުމަތީން ބޭރަށް ދިޔަ ޕެނަލްޓީއަކީ ޓީމަށް ތާއީދުކުރާ މީހުންނާއި، ކުޅުންތެރިންގެ ހިތުގައި ޖެޔުނު ގޮތަށް ގިނަ ދުވަސްތަކަށް ނުފިލައި ހުންނާނޭ ލައްގަނޑެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.