ބޭނުންވާނެ ތަކެތި:
500 ގުރާމް ސޮސޭޖް މީޓް
500 ގުރާމް މިންސްޑް ބީފް
80 ގުރާމް އޯޓްސް، ކައްކާފައި
70 ގުރާމް ސްޓީކް ސޯސް
2 ކުކުޅު ބިސް، ގިރާފައި
ސައި ސަމުސަލުގެ ދެ ސަމުސާ ސޯސް
ސައިސަމުސަލުގެ ބައި ސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
200 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ.
ބޯތަށްޓަކަށް ހުރިހައި ބާވަތްތައް އަޅައި އަތުން ނުވަތަ އުލަކުން މޮޑޭށެވެ.
މޮޑުނު މަސްގަނޑުން 12 ގުޅަ ވަށައި ޕާނެއްގެ ބައްޓަމަށް ގެންނާށެވެ.
ޓްރޭ އެއްގައި އެތުރުމަށްފަހު އަވަނަށް ލައި ބައިގަޑި އިރު ފިހޭށެވެ.
ހޫނުކޮށްވެސް ކެވިދާނެއެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ހިހޫކުރުމަށްފަހު ފްރިޖުގައި ބަހައްޓާށެވެ.
ތައްޔާރު ކުރި މީތް ލޯފްތައް ފްރިޖުގައި ބަހައްޓައިގެން ފޮތި ކުރުމަށްފަހު ސޭންޑްވިޗު ހެދުމަށްވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ސޯސް ޖައްސައިގެންވެސް ކެވިދާނެއެވެ.