ބޭނުންވާ ބާވަތްތައް:
1 ނުވަ ޕައި ކްރަސްޓު
¾ ހަކުރު
½ ޖޯޑު ފުށް
2 ¼ ޖޯޑު ކިރު
3 ކުކުޅު ބިހުގެ ގޮބޮޅި
2 މެޒުމަތީ ސަމުސާ ބަޓަރު
1 ½ ޖޯޑު ގަބުޅި
1 ސައިސަމުސާ ވެނީލާ އެސެންސް
1 ½ ޖޯޑު ހެވީ ވިޕިން ކްރީމް
¼ ހަކުރު، ޕައުޑަރު
ތައްޔާރުކުރާނެ ގޮތް:
175 ޑިގްރީ އަށް އަވަން ހޫނުކުރައް ޖައްސާށެވެ. ވަށް ޓްރޭއެއްގައި ޕައި ކްރަސްޓު ބޭއްވުމަށްފަހު މެދާއި އަރިމައްޗަށް އުލެއް ހަރާށެވެ.
ފުންގަނޑުގެ މަތީގަިއ ފޮއިލް އެޅުމަށްފަހު ހަނޑޫ ނުވަތަ ބީންސް އޮށް އަޅާށެވެ. ދެން އަވަނަށް ލައިގެން ދިހަ މިނެޓު ފިހާށެވެ.
ފިހެވުމުން ފޮއިލް ނެގުމަށްފަހު އަލުން އަވަނަށް ލާށެވެ. ފަނަރަ މިނެޓު ފަހުން އަވަނުން ނގައި ހިހޫ ކުރަން ބަހައްޓާށެެވެ.
ދެން އުނދުން މައްޗަށް ފުން ތަވައެއް އުދައި ފުށާއި، ކިރު އަދި ހަުރާއި ލޮނު އެއްކުރާށެވެ. ކެކިޔަދީގެން ނުވާނެއެވެ.
އެއަށްފަހު ބޯތަށްޓަކަސް ބިސް އެޅުމަށްފަހު އެއް މިނެޓުވަރު ގިރާށެވެ. ދެން ކުރިން ހޫނުކުރި ކިރުން ޖޯޑެއްގެ ކިރު ބިހާއި އެއްކުރާށެވެ. ރަނގަޅަށް ގިރުމަށްފަހު ތަވައިގައި ހުރި ކިރާއި އެއްކުރާށެެވެ. އިތުރު ފަސް މިނެޓު ކައްކާށެވެ.
އުނދުން މަތިން ބޭލުމަށްފަހު ގަބުޅިއާއި އެސެންސު އަދި ބަޓަރު ކޮޅު އެއްކުުރާށެވެ. ދެން އައިސް އަލަމާރީގައި ބައިގަޑިއިރު ވަންދެން ބަހައްޓާށެވެ.
ދެން ހެވީ ކްރީމާއި ހަކުރު ވިޕް ކުރާށެވެ. އެއަށްފަުހ ފިނިކުރި ކަސްޓަޑް ޕައި ތެރެއަށް އަޅާށެވެ. ކަސްޓަޑްގެ މައްޗަށް ވިޕްކުރި ކްރީމް އެެޅުމަށްފަހު އަނެއްކާވެސް އައިސްއަލަމާރީގައި ބަހައްޓާށެވެ. 3 ނުވަތަ 4 ގަޑިއިރު ބެހެއްޓުމުން ހެޔޮވަރު ވަރަކަށް ފިނިވާނެއެވެ.