އާފަތިސް ރޯދަ ބަދިގެ: ތެލުލި އޯރިއޯ

ބޭނުންވާނެ ބާވަތްތައް:

1 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ހަކުރު

½ ސައިސަމުސާ ބޭކިން ޕައުޑަރު

1 ސައިސަމުސާ ލޮނު

1 ބިސް

¾ ޖޯދު ކިރު، ނުވަތަ 1 ޖޯޑު

2 ސައިސަމުސާ ވެނީލާ އެސެންސު

އޯރިއޯ ބޮނޑިއެއް

ތެޔޮ

އައިސިން ހަކުރު

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓެއްގައި ފުށާއި ހަކުާއި، ބިހާއި ބޭކިން ޕައުޑަރު އަދި ކިރާއި ވެނީލާ އެއްކުރާށެވެ.

ދެން ތެޔޮ ހޫނުކުރަން އުނދުން މައްޗަށް އުދާށެވެ.

ރަނގަޅަށް ތެޔޮ ހޫނު ވުމުން ގިރާފައި ހުރި ފުށުގެ ތެރެއަށް އޯރިއޯ ގަންބާލާފައި ނަގައި ތެލުލާށެވެ.

ތެޔޮ ފިލުވާފައި އޯރިއޯގެ މައްޗަަށް އައިސިން ހަކުރު ބުރުވާލާށެވެ. އައިސިން ހަކުރު ނެތިއްޔާ އާދަިއގެ ހަކުރު ވެސް ބޭނުންކުރެވިދާނެއެވެ. އދި ހަކުރުގެ ތެރެއަށް ޕައުޑަރު ކޮޅެއް ވެސް އެޅިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.