ހޮރައިޒަން ފިޝަރީޒްގައި ފަޔަރ ސްކޮޑެއް ތަމްރީނު ކުރަން ފަށައިފި

ހޮރައިޒަން ފިޝަރީޒުން  ލ.މާންދޫގައި ހިންގާ ފެކްޓްރީގައި ފަޔަރ ސްކޮޑެއް ތަމްރީން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ފަށައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން "ފަޔަރ ސްކޮޑް ޓްރޭނިންގ" ފަށައިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިކޯސް މިމަހުގެ 21 ހަމައަށް ކުރިއަށް ދާނެއެވެ. މިކޯހުގައި އެކުންފުނީގެ 14 މީހުން ބައިވެރިވެފައިވެއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި، ރޯޕްސް އެންޑް ނޮޓްސް، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން، ޕޯޓަބަލް ފަޔަރ ޕަންޕު، ޕޯޓަބަލް ފަޔަރ އެކްސްޓެންގިއުޝަރ އަދި އަލިފާނުގެ ހާދިސާއެއްގައި މީހުން ސަލާމަތްކުރާނެ ގޮތާއި މީހުން އުފުލާނެ ގޮތްފަދަ ބައިތައް މި ކޯހުގައި ދަސްކޮށްދެއްވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.