ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީ ހިތަދޫ ސިޓީބާޒާރު ކަންމަތިން ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

ޒުވާނާ އިން ސައިކަލާއި ޕިކަޕް ޖެހިފައި އެޒުވާނާ ސައިކަލާއެކު ވަނީ ވެއްޓިފައެވެ. އެ ހާދިސާގައި އޭނާގެ ނޭފަތުން ލޭފޭބި ތަން ފެނުނު ކަމަށާއި، އަތް ފައި މަށައިގެން ގޮސްފައިވާ ކަމަށް މަންޒަރުދުށް މީހަކު ބުންޏެވެ.

އޭނާ ބުނީ އެކްސިޑެންޓުވީ ދެ އުޅަނދުވެސް ގަމާވީ ކޮޅަށް ދުއްވަމުން އައިސް އެއްގޯޅިއަކަށް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. "ދޭތިވެސް ގޯޅި އަޅަން އުޅުނީ ސިގްނަލް ނުދީ. އެކަމަކު ސައިކަލްވެސް އަދި ޕިކަޕްވެސް ދުއްވައިފައި އައީ ވަރަށް މަޑުން. ގޯޅި އަޅަން އުޅުމުގެ ތެރޭގައި ސައިކަލް ޕިކަޕުގައި ޖެހި އެ ވެއްޓުނީ،" އެމީހާ ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އެމްބިޔުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެޗުއާރުއެޗުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ސީރިއަސް އނިޔާއެއް ލިބިފައި ނުވާކަށެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު 2:00 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.