އިއްޔެ ޣާއްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ރޮކެޓާއި، ބަޑި ބޭނުންކޮށް، ފަލަސްޠީނުގެ ބިންތަކަަށް އަތްގަދަކޮށްގެން ތިބި އިސްރާއީލު ސިފައިިން ބޮޑު ލޭ އޮހޮރުުވުމެއް ހިންގައިފިއެވެ. އިހުތިޖާޖުކުރަމުން ދިޔަ ފަލަސްޠީނު މީހުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން 16 މީހުން މަރުވެ 1416 މީހުން ޒަޚަމްވެފައި ވެއެވެ. މިއަަަދަދު އަދި އިތުރުވުމަކީ ގާތްކަަމެކެވެ.
ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައި ޖަހާފައިވާ ދަގަނޑު ދަލުގެ ކައިރީގައި އެތައް ހާސް ފަލަސްޠީނު މީހުން ސުލްހަވެރިގޮތުގައި އިހްތިޖާޖުުކުރަމުން ދިޔައީ 1976 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ބިމުގެ ދުވަސް ފާހަގަކުރުމަށެވެ. ބިމުގެ ދުވަސް ފާހަގަކުރަނީ، އިސްރާއީލުން ފަލަސްޠީނު މީހުންގެ ބިންތައް ނަގަމުންދާތީ އެކަމާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެެއް ކުރަމުން ދިޔަ ފަލަސްޠީނު ބައެއްގެ ތެރެއަށް 1976 ވަނަ އަހަރުގެ މާރިޗު މަހު 30 ވަނަ ދުވަހު އިސްރާއީލު ސިފައިން ބަޑިޖަަހައި 6 މީހުން މަރާލުމާ ގުޅިގެންނެވެ. އެދުވަހުއްސުރެ ކޮންމެ މާރިޗު މަހެއްގެ 30 ވަނަ ދުވަސް ފަލަސްޠީނު މީހުން ފާހަގަކުރަނީ ބިމުގެ ދުވަހުގެ ގޮތުގައެވެ.
އިސްރާއީލު ސިފައިން އެެއްވެސް ބެލުމެއް ނެތި ބަޑި ޖެހި ނަމަވެސް، 'ބޮޑު އެނބުރިދިއުމުގެ' ނަމުގައި މިފަހަރު ހިންގުނު ހަރަކާތުގައި އެތައްހާސް ބަޔަކު ބައިވެރިވެ އިސްލާއީލު ސަރަހައްދު ކައިރިއަށް އެއްވެ އަޑު އުފުލިއެވެ. ޣާއްޒާއާއި އިސްރާއީލު ގުޅުުނު ސަރަހައްދީ ރޮނގެގެ ފަސް ދިމާއަކަށް މީހުން އެެއްވެފައި ވެއެވެ.
އިއްޔެ އިސްްރާއީލުން ހިނގި ގަތުލު އާއްމާ ގުޅިގެން ފަލަސްޠީނުގެ ރައީސު ވަނީ މިއަދަކީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ނިިންމަވާފައެވެ. "ޝަހީދުވެދިޔަ މީހުންގެ ފުރާނައިގެ މައްޗަށް ހިތާމަފާޅުކުރުމުގެ ގޮތުން ހިތާމައިގެ ދުވަހެއް ފާހަގަކުރައްވަން ރައީސު މަޙްމޫދު ޢައްބާސް ނިންމެވުމާ ގުޅިގެން ހޮނިހިރު ދުވަހު ޔުނިވަރސިޓީތައާއި، މަދަރުސާތަކާއި ސަރުކާރުގެ ހުރިހާ އިދާރާތަކެއް ބަންދުވާނެ" ކަމުގައި ފަލަސްޠީނުގެ ރައީސުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.
އިސްރާެއީލު ސިފައިން ހިންގި ގަތުލު އާއްމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބަައްދަލުވުމެއް އިއްޔެ ވަނީ ފަށާފައެވެ. ކުވެއިތުގެ އެދުމުގެ މަތިން ބޭއްވުނު މި ބައްދަލުވުމުގައި އދ. ގެ ސެކްރެޓަީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ އެ މައްސަލައިގެ 'މިނިވަން އަދި ދެފުށް ފެންނަ' ތަހުގީގެއް ކުރުމަށް ގޮވައިލައްވާފައެވެ.