މަޅުމަތި: އައު މުދާ

އަހަރެން ބާ މުދާ ވިއްކާ ފިހާރައަށް ވަދެއްޖައީމެވެ.

ވަރަށް ގިނަ ތަކެތި ވިއްކަން ހުއްޓެވެ.

ހެޔޮ އަގުގައެވެ.

އެކި ހަރުގައި އެކި ފެންވަރުގެ ތަކެއްޗެވެ.

ކޮންމެ ހަރެއްގައިވެސް އެ ހަރެއްގައި ހުރި އެއްޗެހި ބޭނުން ކޮށްފައި ހުރި ވަރު އެނގޭ ގޮތަށް ލިޔެފައި ހުއްޓެވެ.

އެއް ހަރުގައި އޮތެވެ. "ދެ އަހަރު ބޭނުން ކޮށްފައި."

އަނެއް ހަރުގައި އޮތެވެ. "ދެ މަސް ދުވަހު ބޭނުން ކޮށްފައި."

އަހަރެން އެކި އެއްޗެހި ބަލަމުން އަގު އޮޅުން ފިލުވަމުން ދިޔައީމެވެ.

ފިހާރައިގެ ސޭޓު ދިޔައީ ތަފުސީލުކޮށް ކިޔައި ދެމުންނެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ރީތި ހަރެކެވެ.

އެ ހަރުގައި ޖަހައިފައި އޮތެވެ. "އެއް ގޮތަކަށްވެސް ބޭނުން ކޮށްފައި ނެތް އައު ތަކެތި."

އަހަރެން ހައިރާން ވެފައި އަހައިލީމެވެ. "ބައު މުދާ ވިއްކާ ތަނެއްގައި އައު މުދާވެސް ހުރޭ ހެއްޔެވެ؟"

އޭނާ ހިނިތުން ވެލިއެވެ.

އެ ހަރުގައި ހުރި އެއްޗެއް ހުރީ ވަރަށް ރީތިކޮށް ޕާރުސަލު ކޮށްފައެވެ.

އަހަރެން އަހައިލީމެވެ. "އެއީ ކޮން އެއްޗެއް ހެއްޔެވެ؟"

އޭނާ ބުންޏެވެ. "އެއީ ސިޔާސީވެރިންގެ ސިކުނޑިއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.