މަސާބާ ގުޕްތާގެ ބުރުގާ ސާޅީ

2016ވަނަ އަހަރުގެ ޖެނުއަރީ މަހު ޑޮލްޗޭ އެ ގައްބާނާ އިން މުސްލިމް އަންހެނުންނަށް ޚާއްޞަކޮށް ހިޖާބާއި އަބާޔާ ގެ ކަލެކްޝަނެއް ތައާރަފް ކުރިއެވެ. އިންޓަރނޭޝަނަލް ބްރޭންޑްތައް ކަމަށްވާ ޓޮމީ ހިލްފިގަރ އާއި އޮސްކަރ ޑި ލާ ރެންޓާ އާއި މެންގޯ އިން ރޯދަ މަހަށް ޚާއްޞަކޮށް ކަފްތާން އާއި ބުރުގާ ހެދުންތަކެއް ތައާރަފް ކުރިއެވެ. ހައުސް އޮފް ފްރޭޒަރސް އިން ކަސްރަތު ކުރާ އަންހެނުންނަށް ޚާއްޞަކޮށް ބުރުގާ ހެދުން ތައްޔާރު ކުރިއެވެ.

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރ މަސާބާ ގުޕްތާގެ 'ސްޕްރިންގ-ސަމަރ' ކަލެކްޝަން، 'ޓައިގަރ ލިލީ' ގައި ބުރުގާ ސާޅިީ އެއް ތައާރަފް ކޮށްފިއެވެ. އޭނާގެ އާ ޑިޒައިން އާ ބެހޭ ގޮތުން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން މަސާބާ ބުނެފައިވަނީ ސާޅީ އަކީ އަބަދުވެސް ބޮޑު ބަހުސެއް ކަމަށެވެ. ވަކި ވައްތަރެއްގެ އަންހެނުން ސާޅީ އަޅަންވާނީ ވަކި ގޮތަކަށް ކަމާއި އަދި ޒުވާނުން އަބަދުވެސް ސާޅީ އަޅަން ޖެހިލުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މަސާބާ ގުޕްތާގެ 'ޓައިގަރ ލިލީ' ކަލެކްޝަންއަށް ފަރުމާ ކުރި ބުރުގާ ސާޅީ

މަސާބާގެ ބުރުގާ ސާޅީ ގެ ކެމްޕޭން ޝޫޓްގައި އޭނާ މޮޑެލުން ބޭނުމެއް ނުކުރެއެވެ. އޭނާގެ ސާޅި ދައްކާލަން ބޭނުންކުރީ އާދައިގެ މީހުންނެވެ. ސާޅީ  އަކީ އިންޑީއާގެ އަންހެނުންނަށް ވަރަށް ޚާއްޞަ އެއްޗެއް ކަމަށް މަސާބާ ބުނެފައިވެއެވެ. "ޑިޒައިނަރެއްގެ ހައިސިއްޔަތުން މުސްލިމް އަންހެނުންނަށް ވެސް އެމީހުން ބޭނުންވާ ގޮތަށް ހެދުން އެޅުމުގެ ފުރުސަތު ހޯދައި ދިނުމުން އަހަރެންގެ ވަޒީފާ އަދާ ކުރެވުނީ" މަސާބާ ބުނެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.