
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފުލުހެއްގެ ގެއަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ޒިޔާރަތްކުރައްވައި ފުލުސް އޮފިސަރުގެ ހާލުބައްލަވާލައްވައިފިއެވެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް މިއަދު އެފުލުސް އޮފިސަރުގެ ގެއަށް ޒިޔާރަތްކުރައްވައި ފުލުސް އޮފިސަރާއި ފުލުހުސް އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި ހާލު ބައްލަވާލައްވައި، ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯއްދެއްވިއެވެ. އަދި ދަތިވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ދަތިވާ ކަންތައްތައް ހައްލުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި ފުލުހުންގެ ވެލްފެއަރ ކަންތައްތަކުގެ ތެރެއިން ކޮށްދެވެންހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިޒިޔާރަތުގައި ޑީސީޕީ ޢަބްދުﷲ ނަވާޒްގެ އިތުން ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.