
ދައުލަތް ހުއްޓުވަން މަސައްކަތް ކުރުމުގެ ދައުވާ އުފުލައިފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށްވަނީ ދައުލަތް ހިންގުން ހުއްޓުވުމުގެ އިތުރަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލައިފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމަނިކުފާނު ގެންގޮސްފައިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ކޯޓުތަކުގެ ބައެއް މަސައްކަތްތައްވެސް ހުއްޓުވުމަށްފަހުއެވެ.
އެމަނިކުފާނު ބަންދު ކުރެއްވުމަށްފަހު ފުލުހުންވަނީ އެތައް ތުހުމަތެއް ކުރައްވައިފައެވެ. އޭގެތެރޭގައި ރިޝްވަތު ހިފުމާއި، ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.
ދައުލަތް ހިންގަން އެމަނިކުފާނު ހުރަސް އެޅުއްވި ކަމުގެ ދައުވާ އެފުލައިފައިވަނީ ފެބުރުއަރީ 4 އަދި 5 މިދެދުވަހު ސަރުކާރު އޮފީސްތަކުން ސްޕްރީމް ކޯޓަށް ތަކެތި ފޮނުވުމަށް ބޭނުންކުރާ ސިސްޓަމް މަސައްކަތް ނުކުރާ ގޮތަށް ހެދުމަށް ސްޕްރީމްކޯޓުގެ މުވައްޒަފުންނަށް އަމުރުކުރެއްވި ކަމަށް ތަހުގީގަށް ސާބިތުވެފައިވާތީއެވެ.
އުއްތަމަފަނޑިޔާރުގެ އިތުރަށް ސްޕްރީމްކޯޓުގެ ވަކީލް އަލީ ހަމީދާއި، ކުރީގެ ރައީސްވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިނިނަލް ކޯޓުންވަނީ އަމުރު ނެރެފައެވެ. މި ބޭފުޅުންގެ މައްޗަށްވެސްވަނީ ޓެރަރިޒަމްގެ ދައުވާ އުފުއްލައިފައެވެ.