ދިރާގުގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަރނެޓްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ހިލޭ ރައުޓަރު އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ 30 އެމް.ބީ.ޕީ.އެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، ކުރީގެ ރައުޓަރރެއް ބޭނުންކުރާނަމަ، އެއްވެސް އިތުރު ފީއަކާ ނުލައި ރައުޓަރު އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 31 އޮކްޓޫބަރު 2026 ގެ ނިޔަލަށް ރައުޓަރ ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. . މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ތައާރަފުކުރެވުނު ޕްރޮމޯޝަނެކެވެ.
ހިލޭ ރައުޓަރު އަޕްގްރޭޑް ކުރުމަށްޓަކައި، ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނަރ މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑަށް ހުށަހެޅޭނެއެވެ. މި ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް، ދިރާގުގެ ޓީމުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ.
މި ޕްރޮމޯޝަނަށް ޝަރުތު ހަމަނުވާ ކަސްޓަމަރުންނަށްވެސް، ފައިބަރ ޕެކޭޖް 30 އެމް.ބީ.ޕީ.އެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންއަކަށް އަޕްގްރޭޑްކޮށްގެން، ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަމާއި ފައިދާ ގެނެސްދޭނެ ފަދަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުމެވެ.
