
އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 10:58 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެފްއާރުއެސްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.
48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުންނެވެ. އެ ކޮންޓޭނަރުން ލީކުވަމުންދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.